Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

ބީޗް ވޮލީ ލީގަށް ހުޅުވާލައިފި

އެޕްރީލް މަހު ބާއްވަން ހަމަޖެހިފައިވާ "ރާއްޖެ ބީޗް ވޮލީ ލީގް" ގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

ވޮލީބޯޅަ އެސޯސިއޭޝަން ބުނީ ފިރިހެން އަދި ޑިވިޝަން ހިމެނޭ ގޮތަށް އެ މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ އެޕްރީލް މަހުގެ 2-10 އަށް ކަމަށެވެ. އެހެންވެ މުބާރާތުގައި ބައިވެރިވާން ހުޅުވާލާފައި ވަނީ އަންނަ މަހުގެ 23 އެވެ.

"ރާއްޖެ ބީޗް ވޮލީ ލީގް" ގައި ބައިވެރިވާން ހުޅުވާލާފައި ވަނީ ހުރިހާ ކައުންސިލްތަކަށެވެ. މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ
މާލޭގެ ދޮންގަނޑު ބީޗް ވޮލީބޯޅަ ކޯޓުގަ އެވެ.

މުބާރާތާ ބެހޭ އިތުރު މައުލޫމާތު 3317015 އިން ހޯދޭނެ އެވެ.