ބަންގްލަދޭޝްގެ މީހަކު އިމިގްރޭޝަނަށް ހާޒިރުވާން އަންގައި ނޯޓިސް ބުނެފި އެވެ.
އިމިގްރޭޝަނުން މިއަދު އާންމުކުރި ޕޯސްޓެއްގައި ބުނީ ބަލަމުން އަންނަ މައްސަލައެއްގައި އެ އިދާރާ އަށް ހާޒިރުވާން އަންގާފައި ވަނީ އެމްޑީ ޝެހެންޝާ ޝާންޓޯ އެވެ.
ނޯޓިސްގައި ބުނީ މިއަދުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި އޭނަ އިމިގްރޭޝަނަށް ހާޒިރުވާން އަންގާ ކަމަށެވެ.
އިމިގްރޭޝަނުން ވަނީ ޝެހެންޝާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެ އިދާރާގެ 9199017 އަށް ގުޅައި ހިއްސާކޮށް ދޭން ވެސް އެދިފަ އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ބޮޑު އޮޕަރޭޝަނެއް ހިންގަމުން އަންނަ އިރު، ފިލައިގެން އުޅޭ ބިދޭސީންނާއި ފިލަން މަސައްކަތްކޮށްފައިވާ ބިދޭސީންތަކެއް ވެސް މިހާތަނަށް ހޯދައި އަތުލައިގެންފައިވެ އެވެ.