ބީޗް ވޮލީގެ ބައިނަލްއަގްވާމީ ދެ މުބާރާތެއް މިއަހަރު އައްޑޫގައި ބާއްވަން ނިންމައިފިއެވެ.
ވޮލީބޯޅަ އ އެސޯސިއޭޝަނުން ބުނީ އައްޑޫގައި ބާއްވާ ދެ މުބާރާތަކީ ކާވާ ބީޗް ވޮލީބޯލް ނޭޝަންސް ލީގާއި ކާވާ ބީޗް ވޮލީބޯލް ޗެމްޕިއަންސް ލީގް ކަމަށެވެ.
ކާވާ ބީޗް ވޮލީބޯލް ނޭޝަންސް ލީގު ބާއްވަން ނިންމާފައިވަނީ އޮގަސްޓް 9-11 އަށެވެ. ކާވާ ބީޗް ވޮލީބޯލް ޗެމްޕިއަންސް ލީގު އޮންނަނީ އެ މަހުގެ އޮގަސްޓް 13-15 އަށެވެ.
އައްޑޫގައި ބާއްވާ ވޮލީގެ ދެ މުބާރާތާ އެކު މިއަހަރު ރާއްޖޭން ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ބައިނަލްއަގްވާމީ ހަތަރު މުބާރާތެއް ހޯސްޓް ކުރާނެ އެވެ.
މި އަހަރު ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ފުރަތަމަވ ވޮލީ މުބާރާތަކީ 18-24 އަށް މާލޭގެ ސޯޝަލް ސެންޓަރުގައި ބާއްވާ 'ކާވާ މެންސް ޗެމްޕިއަންސް ލީގު 2025' އެވެ.
ރާއްޖެ އަކީ މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ދެވަނަ އެވެ.