Last Updated: April 2, 22:48
Wednesday, April 2, 2025
ޚަބަރު

މަޖީދިއްޔާގެ ޕްރިންސިޕަލަކަށް މުޖާހިދު

ރާއްޖޭގެ އެންމެ ބޮޑު އެއް ސްކޫލް ކަމަށްވާ މާލޭގެ މަޖީދިއްޔާ ސުކޫލްގެ ޕްރިންސިޕަލަކަށް އަހުމަދު މުޖާހިދު އައްޔަންކޮށްފި އެވެ.

އޭނަ އެ މަގާނަށް އައްޔަންކުރީ ކުރިން މަޖީދިއްޔާގެ ޕްރިންސިޕަލަކަށް ހުންނެވި އައިޝަތު މުހައްމަދުދީދީ ދާދި ފަހުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.

ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާތާ އަހަރު ވެފައިވާ މުޖާހިދު މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލަކަށް ހަމަޖެއްސި އިރު، އޭނަ ހުންނެވީ މާލޭ ސީއެޗްއެސްއީގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގަ އެވެ.

މުޖާހިދަކީ މެލޭޝިޔާގެ އޯޕަން ޔުނިވާސިޓީން މާސްޓާޒް އޮފް އެޑިއުކޭޝަން ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ. އޭނާ=ަ ކުރިން ވަނީ އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލްކަން ވެސް ކުރެއްވި އެވެ. އަދި އިސްކަންދަރު ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމާއި އެ ސްކޫލްގެ ލީޑިން ޓީޗަރުގެ މަގާމާއި، ގައުމީ ޔުނިވަސިޓީގެ ޕާޓް ޓައިމް ލެކްޗަރާއެއްގެ މަގާމު ވެސް ފުރުއްވާފައިވެ އެވެ.

މުޖާހިދަކީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރެޒެންޓަރެއްގެ ގޮތުގައި ވެސް ފެންނަ ބޭފުޅެކެވެ.