Last Updated: April 20, 17:58
Sunday, April 20, 2025
ޚަބަރު

އީސީގެ ރައީސަށް ޒާހިދު، ނައިބަކަށް ސަލާހު އައްޔަންކޮށްފި

އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް މުހައްމަދު ޒާހިދު އައްޔަންކޮށް، ނައިބު ރައީސް ކަމަށް އަބްދުއްރަހްމާން ސަލާހް ރަޝީދު އައްޔަން ކުރައްވައިފި އެވެ.

މި ދެ ބޭފުޅުން ވެސް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ނެގި ވޯޓުގައި ޒާހިދު އެ މަގާމަށް އައްޔަން ކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ ވޯޓުންނެވެ. ނައިބަކަށް ސަލާހް އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 69 މެންބަރުންނެވެ.

އީސީ އެކުލެވިގެން ވަނީ ފަސް މެންބަރުންގެ މައްޗަށެވެ. މިހާރު އެ ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ތިއްބެވީ ޒާހިދާއި ޑރ. މުޙައްމަދު ޒާހިރާއި، މެންބަރު ޙަސަން ޒަކަރިއްޔާ އާއި، މެންބަރު ޢަބްދުލްހަސީބް އިސްމާޢީލާއި ސަލާހެވެ.

އީސީގެ ރައީސަކަށް އެންމެ ފަހުން ހުންނެވީ ފުއާދު ތައުފީގެވެ. އޭނަ ކޮމިޝަނުން ވަކިކިވެވަޑައިގަތީ ދެ ދައުރަކަށް ފަހު އެެވެ.