Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

އަލްޓިމޭޓް ގޭމިން ފެސްޓިވަލް އަންނަ ހަފުތާގައި

އުރީދޫ ނޭޝަންގެ އެންމެ ބޮޑު ގޭމިން މުބާރާތް "އަލްޓިމޭޓް ގޭމިން ފެސްޓިވަލް" އަންނަ ހަފުތާގައި ބާއްވަން ނިންމައިފި އެވެ.

މި މަހުގެ 21 އާއި 22 ގައި މާލޭގެ މާލޭ އުސްފަސްގަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލަކީ 2024 ވަނަ އަހަރުގެ ތެރޭގައި ބޭއްވުނު އުރީދޫ ނޭޝަންގެ ހުރިހާ މުބާރާތެއްގެ ނިމުމެވެ.

އުރީދޫ އިން ބުނީ 240،000ރ. ގެ ޕްރައިޒް ޕޫލް ހިމެނޭ މި ފެސްޓިވަލްގައި ޕަބްޖީ މޮބައިލް، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި އީއޭއެފްސީ ގެ އިތުރުން ކޮސްޕްލޭ މުބާރާތަކާއި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ތާޖު ލިބޭ ކުޅުންތެރިޔާ ހޮވިގެންދާނެ އެވެ.

ޕަބްޖީ މޯބައިލް:

ޗެމްޕިއަން: 50،000ރ.
2 ވަނަ: 20،000ރ.
3 ވަނަ: 15،000ރ.
4 ވަނަ: 10،000ރ.
އެމްވީޕީ: 5،000 ރުފިޔާ

މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ):

ޗެމްޕިއަން: 20،000ރ.
2 ވަނަ: 15،000ރ.
3 ވަނަ: 10،000ރ.
އެމްވީޕީ: 5،000ރ.

އީއޭއެފްސީ:

ޗެމްޕިއަން: 20،000ރ.
2 ވަނަ: 15،000ރ.
3 ވަނަ: 10،000ރ.
އެމްވީޕީ: 5،000ރ.

ކޮސްޕްލޭ މުބާރާތް:

1 ވަނަ: 5،000ރ.
2 ވަނަ: 3،000ރ.
3 ވަނަ: 2،000ރ.

އުރީދޫ ނޭޝަން އަލްޓިމޭޓް ޕްލޭޔާ އަށް ހުށަހަޅާފައި ވަނީ 30،000ރ. އެވެ.

އުރީދޫ ނޭޝަން ގޭމާސް ލޭންޑް އަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ގޭމިން ކޮމިއުނިޓީ ފާހަގަކޮށް ބާރުވެރިކުރުމުގެ ގޮތުން އުރީދޫން ކުރަމުން އަންނަ މަސައްކަތެކެވެ. އަދި އަލްޓިމޭޓް ގޭމިން ފެސްޓިވަލަކީ އަހަރު ތެރޭގައި ބޭއްވޭ އެކިއެކި މުބާރާތްތަކުން ކޮލިފައިވާ ގޭމަރުންގެ ހުނަރު ބޮޑު ސްޓޭޖެއްގައި ދައްކާލުމުގެ ފުރުސަތު ލިބިގެން ދާނެ އިވެންޓެކެވެ.

އަލްޓިމޭޓް ގޭމިން ފެސްޓިވަލްގައި ބައިވެރިވުމަށް އުރީދޫ ނެޝަނުން ގޭމިންއަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ވަނީ ދައުވަތު އަރުވައިފަ އެވެ.