Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

ލައިފް ސްކިލް ސެޝަންތަކެއް ބާއްވަނީ

ލައިފް ސްކިލްސް ސެޝަންޔަކެއް އަންނަ ހަފުތާގައި ބާއްވަން ނިންމައިފި އެވެ.

ޔޫތު މިނިސްޓްރީން އިންތިޒާމުކުރާ މި ސެޝަން އޮންނާނީ 22-24 އަށެވެ.

އުމުރުން 18-35 އަހަރާ ދެމެދުގެ ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ ލައިފް ސްކިލް ސެޝަންތަކުގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައި ވަނީ ވިލިމާލޭގަ އެވެ. އަނެއް ދެ ސެޝަން 23 އާއި 24 ގައި އޮންނާ މާލޭގެ ސޯޝަލް ސެންޓަރުގަ އެވެ. އެއީ އެ ެ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

މިނިސްޓްރީން ބުނީ ސެޝަންތަކުގެ ތެރެއިން ބައިވެރިންނަށް ޓީމް ބިލްޑިންއާ ގުޅުން ހުރި ސެޝަންތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ސެޝަންތަކުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު އޮތީ ހުޅުވާލައިފަ އެވެ.