Last Updated: April 20, 17:58
Sunday, April 20, 2025
ޚަބަރު

ޑްރަގް އެތެރެކުރި ޗައިނާގެ މީހަކު ހައްޔަރުކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެެރެކުރި ޗައިނާގެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހޯމަ ދުވަހު ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހައްޔަރުކުރީ ޒޮންގް ޗެންގްވެއި ކިޔާ 33 އަހަރުގެ މީހެއް ކަމަށެވެ.

އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަމް ކްރިމިނަލް ކޯޓަށް ގެންދިއުމުން ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.