އޭސީ އާއި ފްރިޖް މަރާމާތުކުރާ ޓެކްނިޝަނުންނަށް ހާއްސަކޮށްގެން އައްޑޫގައި ބާއްވާ ޓްރެއިނިން ޕްރޮގްރާމަކަށް ހުޅުވާލައިފި އެވެ.
ކައުންސިލުން ބުނީ މިއީ ތިމާވެއްޓާ ބެހޭ މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ ތަމްރީނެއް ކަމަށެވެ.
އެ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓް ކުރުމުގެ ފުރުސަތު މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ނަން ނޯޓް ޖެހެނީ ކައުންސިލްގެ ވައިބާ ނަންބަރު 7789044 އަށް މެސެޖްކޮށްގެންނެވެ.