Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

ސްޕާއެެއްގައި މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި

މާލޭގެ ސްޕާއެއްގެ ތެރޭގައި މާރާމާރީ ހިންގި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ ބަނގްލަދޭޝް އަށް ނިސްބަވްތާ ސޮހެލް މިއާ، 34، އެވެ.

އޭނަގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ރޭ ހާޒިރު ކުރުމުން ބަންދަށް 10 ދުވަސް ޖަހާފައިވެ އެވެ. ބަންދު އަމުރުގައިވާ ގޮތުން ސޮހެލް ވަނީ ސްޕާއިން ހިދުމަތް ހޯދުމަށް ފަހު އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގައިފަ އެވެ. އަދި އެ ހާދިސާގައި އަނިޔާވި މީހާގެ ކަރު ރަތްވެފައި ހުރި ކަމަށް ބަންދު އަމުރުގައިވެ އެވެ.

ނަމަވެސް މީހަކަށް އަނިޔާކުރި ކަމަށް ސޮހެލް އިންކާރުކޮށްފައިވެ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.