Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

ޕޮލްކޯ އަށް އޭސީސީން އަނެއްކާ ވެސް ވަދެއްޖެ

ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ގައި ހިންގަމުންދާކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަނެއްކާވެސް އެ އޮފީހަށް ވަދެއްޖެ އެވެ.

ފުލުހުންެ ވެލްފެއާގެ ކަންކަން ކުރުމަށް އުފައްދާފައިވާ ޕޮލްކޯގެ ތެރޭގައި ހިންގަމުންދާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުން ވެސް އަންނަނީ ބަލަމުންނެވެ.

އެގޮތުބް މި މައްސަލަތަކުގެ ތަހުގީގަށް އޭސީސީން މި މަހުގެ ކުރީކޮޅު ވެސް ޕޮލްކޯ އަށް ވަދެފައިވެ އެވެ.

އިތުރު ހެއްކާއި ގަރީނާ ހޯދުމަށް އޭސީސީގެ އިންވެސްޓިގޭޓަރުން މިއަދު މެންދުރުން ފެށިގެން ޕޮލްކޯގެ އޮފީހުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ޕޮލްކޯއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ 'ބްލުސް ހައުސިން މަޝްރޫއު' ގައި ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ވަކި ކޮމިޓީއެއް އުފައްދަވައިގެން އަންނަނީ ބަލަމުންނެވެ.