ކެނަބިސް ޓްރެފިކްކުރި މައްސަލައަކާ ގުޅިގެން މިދިޔަ އަހަރުގެ ތެރޭގައި ހަ ފަހަރެއްގެ މަތިން ހޯދަން އިއުލާންކުރި އުބާދަތު ހުސައިން މަކަރާއި ހީލަތުގެ މައްސަލައިގެ ހޯދަން އިއުލާންކޮށްފި އެވެ.
ފުލުހުން ބުނީ އައްޑޫ ހިތަދޫ ހަޒާރުމާގޭ އުބާދަތު، 29، ހޯދަން އިއުލާންކުރީ ޑްރަގް ޓްރެފިކިން އިންވެސްޓިގޭޝަންސް ތަހުގީގު ކުރަމުން އަންނަ މަކަރާއި ހީލަތުގެ މައްސަލައިގެ ތަހްގީގަށް މީހަކު ހާޒިރު ކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައި ނުވާތީ ކަމަށެވެ.
އެހެންވެ މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް އުބާދަތު ހާޒިރުވާން އަންގާފައިވެ އެވެ.