Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

ހަ ރަށެއްގައި ޒަމާނީ މިސްކިތްތަކެއް އަޅަނީ

ޒަމާނީ ތަފާތު ޑިޒައިންތަކަކަށް ހަ ރަށެއްގައި މިސްކިތްތަކެއް ބިނާކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އެ ރަށްތަކަކީ އއ. ރަސްދު އާއި އެ އަތޮޅު ފެންފުއްޓާއި ފ. ފީއައްޔާއި ގދ. މަޑަވެއްޔާއި ހއ ބާރަށުގެ އިތުރުން ތ. ވޭމަންޑު އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރު މަސައްކަތްތައް ފަށަން ހަމަޖެހިފައިވާ މި ރަށްތަކުގެ މި މިސްކިތްތަށް ނިމޭއިރު، ސޯލާ އާއި އޭސީ ވެސް ހަރުކުރެވި، ނެވިލޯން ވެސް އަޅާނެ ކަމަށެވެ. މިސްކިތްތަށް ޑިޒައިންކޮށްފައު ކޮންމެ މިސްކިތެއްގައި ވެސް ޤުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމް ވެސް ހިމެނޭ ގޮތަށެވެ.

މި މަޝްރޫޢުތަކަކީ ސަރުކާރުގެ ޚަރަދުގައި ކުރިއަށް ގެންދެވޭ މަޝްރޫޢުތަކެކެވެ. މިނިސްޓްރީން ބުނީ މަޝްރޫޢުތަކުގެ މަސައްކަތް ރޯދައިގެ ފަށާނެ ކަމަށެވެ.

ރިޔަން ޕްރައިވެޓް ލިމިޓެޑުން ޑޒައިންކޮށްފައިވާ ހަ ރަށުގެ މިސްކިތްތަކަކީ ރާއްޖޭގެ ތާރީޚާއި ސަޤާފަތާއި މާޙައުލާއި ގުޅޭ ގޮތަށް ޑިޒައިންކުރެވިފައިވާ މިސްކިތްތަކެކެވެ. މީގެ ތެރޭގައި ހިމެނެނީ 300 މީހުންނާއި 500 މީހުންނާއި އަދި 700 މީހުންގެ ޖާގައިގެ މިސްކިތްތަކެކެވެ.