ވެރިކަން ކުރާ ޕާޓީ، ޕީއެންސީން މާދަމާ ރޭ މާލޭގައި ބޮޑު މާހެފުމެއް ބާއްވަން ނިންމައިފި އެވެ.
އެ ޕާޓީން ބުނީ އެ މާހެފުމުގެ ދައުވަތު ޕާޓީގެ މެންބަރުންގެ އިތުރުން ހުރިހާ ރައްޔިތުންނަށް އަރުވާ ކަމަށެވެ. މާހެފުން އޮންނާނީ މާދަމާ ރޭ 8:30 ގައި އާޓިފިޝަލް ބީޗްގަ އެވެ.
ޕީއެންސީ އަކީ މި ވަގުތު ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެވެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް އޮތީ އެ ޕާޓީގަ އެވެ.