ޤުރުއާން އުނގަންނައި ދިނުމުގައި ޤާރީންގެ ދަތިކަށް އޮތް ރަށްތަކުގެ ތެރެއިން ޣާ ރަށަކަށް، ރާއްޖެއިން ބޭރުގެ ޤުރުއާން ހިތުދަސް ޤާރީން ފޮނުވަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
މިނިސްޓްރީން ބުުނީ ރަށްތަކަށް ފޮނުވަން ހަމަޖެހިފައިވާ ޤާރީން މިއަދު މާލެ އަންނާނެ ކަމަށެވެ.
މިނިސްޓްރީން ބުނީ އެ ޤާރީން އެ ރަށްތަކުގައި ޤުރުއާން މަރުކަޒުގެ ގޮފިތަކުގައި ކިޔަވައި ދިނުމުގެ އިތުރުން މިސްކިތުގައި ޤުރުއާން ހިތު ދަސްކުރާ ކްލާސްތައް ވެސް ހިންގާނެ ކަމަށެވެ. ނަމަވެސް ބޭރުގެ ޤާރީން ފޮނުވަން ހަމަހިފައިވާ ރަށްތަކަކީ ކޮބައި ކަމެއް މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.
މިނިސްޓްރީން ބުނީ ބޭރުގެ ގާރީން ގެނެސްގެން ރަށްރަށުގައި ޤުރުއާން އުނގަންނައި ދިނުން ކުރިއަށް ދާނީ ކައުންސިލްތަކުގެ ބެލުމުގެ ދަށުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. ޤާރީންނަށް މުސާރަ ދޭނީ ޤުރުއާން މަރުކަޒު މެދުވެރިކޮށް ޒަކާތު ފަންޑުގެ ފީސަބީލި ﷲ ބައިންނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މީގެ ސަބަބުން ޤާރީންގެ ދަތިކަން ހައްލުވެ ރަށްތަކުގައި ޤާރީން އުފެދެންދެން މިކަން ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ޤާރީންގެ ދަތިކަން އޮތް ހުރިހާ ރަށެއްގައި ޑރ. މުހައްމަދު މުއިއްޒުގެ ތެރޭގައި ޙައްލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
މިނިސްޓްރީން ބުނީ ހިލޭ ސާބަހަށް ޤުރުއާން އުނގަންނައި ދިނުން ފުޅާ ކުރުމަކީ ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވަޢުދެއް ކަމަށެވެ. އެގޮތުން ޒުވާން ހާފިޒުން އުފެއްދުމުގެ މަޝްރޫޢުތައް ފަށައި ކުރެވުނު މަސައްކަތްތަކުން މިކަމުގައި
މިއަދު ހެޔޮ ނަތީޖާ މިހާރު ފެންނަން ފަށާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަދި ޒުވާން ޙާފިޒުންގެ ތެރެއިން ވަރަށް ގިނަ ޙާފިޒުންނަކީ އިސްލާމިކް މިނިސްޓްރީގެ 500 ހާފިޒުންގެ މަޝްރޫޢުގެ ދަސްވެނިވި ދަރިވަރުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.