Last Updated: April 20, 06:46
Sunday, April 20, 2025
ޚަބަރު

'މަންފާ' ގެ ފުރަތަމަ ދަރުސް ހޮނިހިރު ދުވަހުގެ ރޭ

ސަލަފް ޖަމިއްޔާ އިން އަލީ ރަމީޒު ދާދި ފަހުން ވަކިވެ، އުފެއްދި އާ ޖަމިއްޔާ އިން މަންފާ އިން އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ ދަރުސް އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.

"ތައްތާރުތަ؟" ގެ ނަމުގައި ބާއްވާ ދަރުސް އޮންނާނީ އަލިމަސް ކާނިވާ ސަރަހައްދުގަ އެވެ. އެއީ ހޮނިހިރު ދުވަހުގެ ރޭ 8:30 ގަ އެވެ. ދަރުސް ދެއްވާނީ ޝެއިހް އިބްރާހީމް ރާފިއު އެވެ.

"ތައްޔާރުތަ؟" މި ދަރުސް ބާއްވަނީ މާލެ ސިޓީ ކައުންސިލްގެ އެހީތެރިކަމާ އެކު އަހުމަދިއްޔާ އެލަމްނައި ގުޅިގެންނެވެ.