އެޕަލްގެ އުފެއްދުންތަކެއް ދައްކައިލަން އިއްޔެ ބޭއްވި އިވެންޓްގައި އައިފޯން 16އީ ލޯންޗްކޮށްފި އެވެ.
މީގެ ވާހަކަ ދެކެވޭތާ ގިނަ ދުވަސްތަކެއް ފަހުން ރޭ ނެރުނު ޑިވައިސް އަކީ އެޕަލްގެ އައިފޯން 14 އާއި އައިފޯން 16 ގެ ބައެއް ފީޗާތައް އެކުލެވޭ ފޯނެކެވެ. އެގޮތުން 6.06 އިންޗީގެ އޯލެޑް ޑިސްޕްލޭ ހިމެނޭ އައިފޯން 16އީ އަކީ ކުރިން އައިފޯންގައި ހިމަނަމުން އައި ފީޗާއެއް ކަމަށްވާ ޓަޗް އައިޑީގެ ބަދަލުގައި ފޭސް އައިޑީ ހިމަނައި، އޭ18 ޗިޕް ވެސް ހިނަމާފައިވާ ޑިވައިސްއެކެވެ.
މީގެ އިތުރުން މި ފޯނުގެ ޗާޖިން އަށް ވަނީ ލައިޓްނިން ޕޯޓްގެ ބަދަލުގައި ޔޫއެސްބީ-ސީ ޕޯޓަލް ވެސް ހިމަނައިފަ އެވެ.
އެޕަލް އިން ބުނި ގޮތުގައި އައިފޯން 16އީ އަކީ ޒަމާނަށް ފަތޭ، ބޭނުން ކުރަން ފަސޭހަ އަދި ޖީބަށް ވެސް ލުއި އުފެއްދުމެކެވެ. މީގެ އަގު ފެށެނީ 599 ޑޮލަރުންނެވެ.
ފޯނު ޕްރީ-އޯޑަރަށް ހުޅުވައިލަން ނިންމާފައި ވަނީ މާދަމާ އެވެ.