އިތުރު ފަސް ކައުންސިލަކުން ހަތް ފަޅުރަށް ހޯދަން ހުށަހަޅައިފި އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ޕްރެސްގައި އިދާރީ ދާއިރާތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ އެއީ ހދ. އަތޮޅު ކައުންސިލުން އެ އަތޮޅު ފަރިދޫ ހޯދުމަށާއި ރ. ދުވާފަރު ކައުންސިލުން އެ އަތޮޅު އެނބޫދޫ ހޯދުމަށާއި ފ.އަތޮޅު ކައުންސިލުން އެ އަތޮޅު މަކުނުއެރި ހޯދުމަށާއި ގދ. ދެއްވަދޫ ކައުންސިލުން އެ އަތޮޅު ވިލިގަލާ ހޯދުމަށާއިގދ. އަތޮޅު ކައުންސިލުން އެ އަތޮޅު މާނައިދޫ، ވާރެޔާދޫ އަދި ލޮނުދޫ ހޯދަން ހުށަހެޅި ހުށަހެޅުންތައް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ވިދާޅުވީ މިހާރު ކުރަމުން އަންނަނީ އެ ހުށަހެޅުންތަކާ ގުޅޭ ގޮތުން ކައުންސިލްތަކުން އިތުރަށް ހޯދަން ޖެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތްކަ މަށެވެ.
މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި، ފަޅުރަށްތައް ކައުންސިލްތަކާ ހަވާލު ކުރަން ނިންމައި، އެ އުސޫލުގެ ދަށުން ކުރިން ތިން ކައުންސިލަކާ ހަތަރު ފަޅުރަށް ހަވާލުކޮށްފައިވެ އެވެ. އެއީ މިދިޔަ މަހުގެ ތެރޭގަ އެވެ.
އެ ކައުންސިލްތަކަކީ ރ. އިނގުރައިދޫ ކައުންސިލާއި، ދ. އަތޮޅު ކައުންސިލްގެ އިތުރުން ލ. މާވަށު ކައުންސިލެވެ.
ކައުންސިލްތަކަށް ފަޅުރަށްތައް ދޫކުރަނީ ތަފާތު ގިނަ ވިޔަފާރިތައް އެ ރަށްތަކުގައި ހިންގުމަށްޓަކަ އެވެެ.