Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

އަރުޝީފާ ގުޅޭ އެއްބަސްވުމެއް ސައުދީއާ އެކު

އަރުޝީފީ ދާއިރާގެ އެއްބަސްވުމެއްގައި ރާއްޖެ އިން ސައޫދީ އަރަބިއްޔާއާ ސޮއިކޮށްފި އެވެ.

މި އެއްބަސްވުމަކީ އަރުޝީފު ކުރުމާއި އަރުޝީފީ ތަކެތި އިންޑެކްސް ކުރުމާއި ރައްކާތެރިކޮށް ބެލެހެއްޓުމާއި ފޮޓޯއާއި ޗާޓާއި އޯޑިއޯ ވިޝުއަލްސް ބެލެހެއްޓުމާއި ދުވަސްވީ ތަކެއްޗަށް ފަރުވާދީ ބޭނުން ކުރެވޭ ހާލަތަށް ގެނައުމާއި މި ދާއިރާތަކުން މީހުން ތަމްރީނު ކުރުމާއި، އަރކައިވްކުރުމުގެ ސަގާފަތާއި ޒަމާނީ ގޮތްތަކާއި ކޮންސެޕްޓްތަކާއި ޓެކްނޮލޮޖީތަކާ ބެހޭ ގޮތުން އާ އިލްމާއި ތަޖުރިބާ ހިއްސާ ކުރުމާއި ސްޕެޝަލިސްޓުން ތަމްރީނު ކުރުމަށް ސޮއި ކުރެވުނު އެއްބަސްވުމެކެވެ.

ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ގައުމީ އަރުޝީފުގެ ޑި ރެކްޓަ ޖެނެރަލް އޮފް ނޭޝަނަލް އާކައިވްސް މުޙައްމަދު ޢާމިރު އަހުމަދެވެ. ސައޫދީގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ސެންޓަ ފޮ އާކައިވްސް އެންޑް ރެކޯޑްގެ ޑިރެކްޓަ ޖެނެރަލް ޑރ. ފައިޞަލް ޢަބްދުލްޢަޒީޒު ތަމީމީ އެވެ.

މި އެއްބަސްވުމަކީ ދުނިޔޭގެ އިސްލާމީ ގައުމުތަކުގެ އިސްވެރިންގެ މަހާސިންތާގައި ބައިވެރިވަޑައިގެންނެވުމަށްޓަކައި އާމިރު ސައޫދީގެ ރިޔާޒަށް ކުރެއްވި ދަތުރުގެ ތެރެއިން ދެ އިދާރާގެ ދެމެދުގައި ގާއިމުވި ގުޅުންތަކުގެމައްޗަށް އެކުލަވައިލެވުނު އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުނީ މި މަހު 16-18 އަށް ރިޔާދުގައި އޮތް "އާކައިވްސް އިން ދަ ޑިޖިޓަލް އޭޖް" ކޮންފަރެންސްގެ ހަވާސާގަ އެވެ.