ގަރާޖް ހިންގުމަށާއި ގާ އެޅުމުގެ މަސައްކަތްތަކަށް އައްޑޫ ހިތަދޫން 7 ބިމެއް ކުއްޔަށް ދޭން ހުޅުވާލައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ މީގެ ތެރޭގައި ހިމެނެނީ ގަރާޖް ހިންގަން ދޫކުރާ ހަތަރު ބިމަކާއި ގާ އެޅުމުގެ މަސައްކަތްތަކަށް ދޫކުރަން ހަމަޖެހިފައިވާ ތިން ބިން ކަމަށެވެ.
އެހެންވެ މި ބިންތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 18 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ބީލަމުގައި ބައިވެރިވާން އަންނަ މަހުގެ 3 އާ ހަމައަށެވެ. ރަޖިސްޓްރޭޝަނަށް 300ރ. ދައްކަން ޖެހޭ އިރު، ރަޖިސްޓްރީ ވާނީ އެދޭ ފަރާތުގެ ނަމާއި އެޑްރެހާއި ގުޅޭނެ ނަންބަރުގެ އިތުރުން މެއިލް މި މެއިލް finance@adducity.gov.mv އަށް އަށް ފޮނުވައިގެންނެވެ.
މިކަމާ ބެހޭ އިތުރު ކައުންސިލްގެ މި ނަމްބަރަށް 6885003 ގުޅައިގެން ހޯދޭނެ އެވެ.