ދިވެހިންގެ ގޮތުގައި ދެމިތިބުމުގެ ސިއްރަކީ ދިވެހި ބަސް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ މާދަރީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މާޒީ އާއި މިއަދު އަދި މާދަމާ ވެސް، ދިވެހީންގެ ގޮތުގައި ދެމިތިބުމުގެ ސިއްރަކީ ދިވެހި ބަސް ކަމަށެވެ.
"ދިވެހިރާއްޖެ، ދިވެހިވަންތަ، ދިވެހި ދިދަ ފަދަ ދިވެހީންގެ އަމިއްލަވަންތަކަމާއި ސިޔާސަތު ރަމްޒުކޮށްދޭ ކޮންމެ ލަފްޒެއްވެސް ގުޅިފައިވަނީ ދިވެހި ބަހާ،" ރައީސް ވިދާޅުވި އެވެ.
— Dr Mohamed Muizzu (@MMuizzu) February 20, 2025
ދުނިޔޭގެ މާދަރީ ބަހުގެ ދުވަސް ފާހަގަކުރަނީ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ގައެވެ. އެއީ 1999 ވަނަ އަހަރު ޔުނެސްކޯއިން އެގޮތަށް ނިންމުމާ ގުޅިގެންނެވެ.
މާދަރީ ބަހުގެ ދުވަހަކީ ރާއްޖޭގައި އަބަދުވެސް ފާހަގަކުރާ ދުވަހެކެވެ. ޚާއްސަކޮށް ސްކޫލް ދަރިވަރުންގެ މެދުގައި މާދަރީ ބަހަށް އަހުލުވެރިކުރަން ސްކޫލް ތަކުގައި ވަރަށް ގިނަ ހަރަކާތް ކުރިއަށް ގެންދެވެ އެވެ.