Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

ލަންކާގައި ދިރިއުޅޭ ދިވެހިންނާ ހަލީލު ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ސްރީލަންކާގައި ތިބި ދިވެހިންނާ ބައްދަލުކުރައްވައިފި އެވެ.

ލަންކާއަށް ކުރައްވާ ރަސްމީ ދަތުރުގެ ތެރެއިން ބޭއްވި މި ބައްދަލުވުމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަލީލު ވިދާޅުވީ ލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކޮށް ހިޔާލު ބަދަލުކޮށްލުމުގެ ފުރުސަތު ލިބުމުން އުފާކުރާ ކަމަށެވެ. މި ބައްދަލުވުމުގައި ބައިވެރިިވި ފަރާތްތަކުން ފާޅުކުރި ކަންބޮޑުވުންތަކަށް ސަރުކާރުން ހައްލު ހޯދައިދޭނެ ޔަގީންކަން ދީފައިވާ ކަމަށްވެސް ހަކީލު ވިދާޅުވި އެވެ.

ލަންކާގެ ހާރިޖީ ވަޒީރުގެ ދައުވަތަކަށް ހަލީލު ކުރައްވާ މި ދަތުރުގެ ތެރެއިން އެގައުމުގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކައާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ހަލީލު އިއްޔެ ވަނީ ލަންކާގެ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާއާ ބައްދަލުކުރައްވާފަ އެވެ. އަދި ލަންކާގެ ވިޔަފާރިވެރިންނާއި އިއްޔެ ބައްދަލުކޮށް ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތައް ވަނީ ހިއްސާކޮށްފަ އެވެ.