Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

ހިތަދޫ ގެއެެއްގައި ރޯވެއްޖެ

އައްޑ ހިތަދޫގައި ގެއެއްގައި ރޯވެ ގެއްލުންތަކެއްވެއްޖެ އެވެ.

އެ އަވަށު "ގާލެންޑް" ނަމަކަށް ކިޔާ ގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަ ސްޓޭޝަންގެ ފަޔަފައިޓަރުން ހަރަކާތްތެރިވެ ވަނީ ނިއްވާލައިފަ އެވެ.

އެ ހާދިސާގެ މަޢުލޫމާތު ލިބުނީ ފަތިހު 05:11 ހާއިރު އެވެ. އެއާ އެކު ފަޔަފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވެ އެވެ. އެގޮތުން،ގޭގައި ރޯވެފައި ހުރި އަލިފާން އެއްކޮށް ނިއްވާލެވުނީ ހެނދުނު 08:05 ހާއިރު އެވެ.

އެ ގެއަކީ މީހުން ދިރިއުޅޭ ގެއެއް ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވެފަައެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބުނު "ގާލަންޑް" ގެ އަކީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ގެ އާއިލީ ގެއެކެވެ.