Last Updated: April 20, 11:28
Sunday, April 20, 2025
ޚަބަރު

އާ ޑިޒައިނަކަށް ޤުރުއާން މަރުކަޒުގެ ގޮތްޕެއް މާއުނގޫދޫގައި

ރާއްޖޭގެ ހިސާބުތަކުގައި އާ ޑިޒައިނަކަށް އިމާރާތް ކުރަން ނިންމާފައިވާ ޤުރުއާން މަރުކަޒުތަކުގެ މަޝްރޫއުގެ ދަށުން އިމާރާތް ކުރާ ފުރަތަމަ މަރުކަޒު ށ. މާއުނދޫގައި އިމާރާތް ކުރަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ރޯދައިގެ ފަހުން އެ ރަށުގައި އެ މަސައްކަތް ފަށާނެ ކަމަށެވެ. މިނިސްޓަރު ވަނީ މަރުކަޒުގެ އެތެރޭގެ ޑިޒައިން ހުންނާނެ ގޮތުގެ ކުރެހުމެއް ވެސް ހިއްސާކުރައްވައިފަ އެވެ.

ޝަހީމު ވިދާޅުވީ ސަރުކާރު ޚަރަދުގައި މާއުނގޫދުގައ އިމާރާތް ކުރާ މަރުކަޒުގެ މަޝްރޫޢުގެ އަގަކީ ގާތްގަނޑަކަށް 4.3 މިލިއަން ރުފިޔާ ކަމަށެ. މިއީ ތިން ކްލާސްރޫމާއި ލައިބްރަރީއަކާއި ހޯލެއް ވެސް ހިމެނޭނެ ތަނެކެވެ.

މިނިސްޓަރު ވިދާޚުވޫ މިފަދަ މަރުކަޒެއް 2،000 މީހުން ބައިވެރިވެގެން އަޅާ ނަމަ މީހަކަށް ހޭދަ ކުރަން ޖެހޭނީ 2،150ރ. ކަމަށެވެ. އެހެންވެ އެފަދަ އެހީގެ ދަށުން މިފަދަ ކަންކަން ރާއްޖެގައި ކުރެވެން އެބަހުރި ކަމަށް ވިދާުވި އެވެ،

ޝަހީމު ވިދާޅުވީ މިހާތަނަށް 4 ރަށެއްގައި ގުރުއާން މަރުކަޒު ގޮފި އަޅައި ދޭން އެދިފައިވާ ކަމަށެވެ.