Last Updated: April 20, 06:46
Sunday, April 20, 2025
މުނިފޫހިފިލުވުން

'ސީއައިޑީ 2' ނެޓްފްލިކްސް އަށް ދޫކޮށްލައިފި

ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ސޮނީ ޓީވީން ޑިސެމްބަރު މަހުގެ ތެރޭގައި ގެނައި މަޝްހޫރު އިންވެސްޓިގޭޝަން ސިލްސިލާ "ސީއައިޑީ"ގެ ދެވަނަ ސީޒަންގެ ހުރިހާ އެޕިސޯޑްތަކެއް ނެޓްފްލިކްސް އިން ބެލޭނެ ގޮތް ހަދައިފި އެވެ.

މި ވާހަކަ އެތަނުން ވެސް ހިއްސާކޮށް ޓީޒާއެއް ވެސް އާންމުކޮށްފައިވެ އެވެ.

"ސީއައިޑީ" އަކީ އާންމުންގެ މެދުގައި ވަރަށް މަގުބޫލުވި ޝޯއެކެވެ. މި ޝޯގެ ދެވަނަ ސީޒަންގެ މައިގަނޑު ކާސްޓުންނަކީ ވެސް ކުރީގެ ކާސްޓެވެ. އެއީ ޝިވާޖީ ސަތަމް އާއި ދަޔަނަންދު ޝެޓީގެ އިތުރުން އަދިތިޔާ ސްރިވަސްތާވް އެވެ.

މި ތިން މީހުންނާ އެކު ޖެނުއަރީ 21، 1998 އިން ގެނެސްދެމުން ގެންދިޔަ "ސީއައިޑީ" ނިންމައިލީ އޮކްޓޯބަރު 27، 2018 ގަ އެވެ. އެ މުއްދަތުގެ ތެރޭގައި ޖުމްލަ 1،547 އެޕިސޯޑަށް ގެނެސްދިން އެއްޗެކެވެ.

"ސީއައިޑީ" ގެ އެޕިސޯޑްގައި މައިގަނޑު ގޮތެއްގައި ބިނާކޮށްފައި ހުންނަނީ މަރުތަކުގެ ހަގީގަތްް ހޯދަން ސީއައިޑީގެ އޮފިސަރުންތަކެއް ކުރާ މަސައްކަތަށެވެ.

"ސީއައިޑީ 2" ގައި ގެނެސްދިނީ 18 އެޕިސޯޑެވެ. މި އެޕިސޯޑްތައް މިހާރު ބޭނުން ވަގުތަކު ނެޓްފްލިކްސް އިން ބަލާލެވޭނެ އެވެ.