Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

މާހެފުމަކީ ބިދުއައެއް ނޫން: ޝަހީމް

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު

ރަމަޟާން މަހުގެ ކުރިން މާހެފުމަކީ ބިދުއައެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ ރަމަޟާން މަހުގެ ކުރިން މާހެފުމަކީ ރާއްޖޭގެ ސަޤާފަތުގެ ތެރޭގައި އޮތް އިޖްތިމާޢީ އާދައެއް ކަމަށާއި އެއީ ދީނީ އަޅުކަމެއްގެ ގޮތުން ކުރާ ކަމަކަށް ނުވާތީ އެއީ ބިދުޢައަކަށް ނުވާނެ ކަމަށެވެ. އެކަމުގެ ތެރޭގައި ޝަރުޢުގައި މަނާކޮށްފައިވާ ކަމެއް ނުކުރާހާ ހިނދަކު އެކަމަކީ ޖާއިޒު ކަމެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.

އަދި ރަމަޟާން މަހަށް އިސްތިޤުބާލު ކުރުމުގެ ގޮތުން ތަންތަން ކުނި ކަހައި ސާފުތާހިރުކުރުމާއި ގެދޮރު ޒީނަތްތެރިކުރުމަކީ ރިވެތި އާދައެއް ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

މީގެއިތުރުން ރަމަޟާން މަހަށް އިސްތިޤުބާލު ކުރުމުގެ ގޮތުން މުސްލިމަކު ކުރާނެ އެންމެ ހެޔޮ ޢަމަލަކީ އިޚުލާޞްތެރިވުމާއި މަޢާފްކުރުމާއި ތައުބާވުމާއި އަޅުކަމަށް ތައްޔާރުވުން ކަމަށް ޝަހީމް ވިދާޅުވި އެވެ. ރަމަޟާންމަހުގެ ދުވަސްތަކަކީ އަޅުކަމުގެ ސަވާބު އިތުރުކުރައްވާ ބަރަކާތްތެރި ދުވަސްތަކެއްކަން ޝަހީމް ވަނީ ފާހަގަކުރައްވާފަ އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރު ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަ މަހުގެ 1 އެވެ.