މާލޭގެ މަގެއްގައި ޕާކްކޮށްފައި ހުރި ސައިކަލެއްގެ މަޑި ދަށުން ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިއްޖެ އެވެ.
ފުލުހުން ބުނީ އެ ތަކެތި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެގޮތުން މި މަހުގެ 19 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ސައިކަލު މަޑިދަށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 1 ކިލޯއަށްވުރެ ގިނަ އެއްޗެހި ފެނިފައިވާ ކަމަށާއި ނަމަވެސް އެ މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތި ފެނުނު ސައިކަލު ޓޯކޮށް އެ މައްސަލަ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފާއިތިވި ހަފުތާއެެއްހާ ދުވަހުގެ ތެރޭގައި މަސްތުވާގަކެތީގެ އޮޕަރޭޝަންތަކުގައި އެކި ހިސާބުތަކުން ގިނަ ބަޔަކު ހައްޔަރުކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ. އޭގެ ތެރޭގައި ފަޅުރަށަކުން އަތުލައިތް ނުވަ މީހަކާއި ރަށަކުން ހައްޔަރުކުރު ދެމައިން ވެސް ހިނެމެ އެވެ.