Last Updated: April 20, 06:46
Sunday, April 20, 2025
މުނިފޫހިފިލުވުން

ބަތަލާ ނަރްގިސް ކައިވެނިކޮށްފި

އެމެރިކާ އަށް އުފަން ބޮލީވުޑްގެ ބަތަލާ ނަރްގިސް ފަޚްރީ ކައިވެނިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ ރަންބީރް ކަޕޫރްގެ 2011 ގެ "ރޮކްސްޓާ" ގެ ބަތަލާ ކައިވެނިކުރީ މި ހަފުތާގެ ތެރޭގައި އެމެރިކާގެ ލޮސް އެންޖެލިސްގެ ބެވަލީ ހިލްސްގެ ލަގްޒަރީ ހޮޓަލެއްގައި ބޭއްވި ހަފުލާއެއްގައި ކަމަށެވެ. އެ ހަފުލާގައި ބައިވެރިވީ ހަމައެކަނި ދެ ފަރާތުގެ އާއިލާގެ މީހުންނާއި ގާތް ރައްޓެހިންތަކެއް ކަމަށް ވެސް މީޑިއތަކުން ބުންޏެވެ.

ނަރްގިސްގެ ބައިވެރިޔަކީ ވިޔަފާވެރިއެއް ކަމަށްވާ ޓޯނީ ބީޖް އެވެ. ދެމަފިރިން މިހާރު ތިބީ ހަނީމޫނަށް ސްވިތްޒަލޭންޑްގައި ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

މި ކައިވެނީގެ ވާހަކަ މީޑިއާތަކުގައި ދެކެވެމުން ދިޔަ ނަމަވެސް ކައިވެންޏާ ބެހޭ އެއްވެސް ވާހަކަ ނަރްގިސް ހިއްސާކޮށްފައެއް ނުވެ އެވެ. އޭނަ އައީ ޓޯނީ ރައްޓެހިވީ 2022 ގަ އެވެެ. އާންމުކޮށް އެމެރިކާގައި ދިރިއުޅޭ ބަތަލާ މީގެ ކުރިން ބޮލީވުޑްގެ މާ މަޝްހޫރު ނޫން އެކްޓަރެއް ކަމަށްވާ އުދޭ ޗޯޕްޅާއާ ވެސް ރައްތެހިވި އެވެ.

އުދޭ އަކީ މަޝްހޫރު ބަތަލާ ރާނީ މުކަރްޖީގެ ފިރިމީހާ އަދި ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު ސްޓޫޑިއޯ، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ މިހާރުގެ ވެރިޔާ އަދިތިޔާ ޗޯޕްޅާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ.

ވަރަށް މަދުން ފިލްމުތައް ކުޅޭ ނަރްގިސް، 45، ގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރުގެ ޖޫންގައި ގެނެސްދޭން ހަމަޖެހިފައިވާ "ހައުސްފުލް 5" އެވެ. އޭނަ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި ވަރޫން ދަވަންގެ "މޭ ތޭރާ ހީރޯ"، ޖޯން އަބްރަހަމްގެ "މެޑްރާސް ކެފޭ"، އިމްރާން ހާޝިމީގެ "އަޒުހަރު" އަދި "ހައުސްފުލް 3" ހިމެނެ އެވެ.