Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

ބަނގުރަލާ އެކު 3 މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭ ފޭސް ދޭއްގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް ބަނގުރަލާ އެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ލ. ގަން، ތުނޑި. މިލާނޯ، މުޙައްމަދު ރިޝްފާން، 28 އާއި ލ. މަތިމަރަދޫ، ރިޔާޟު، ޙުސައިން ޝިޔާން، 23، ގެ އިތުރުން ގަން، ތުނޑި. ފީނިވިލާ، ޙައްވާ ސިމާނާ، 29، އެވެ.

އެ ތިން މީހުން ހައްޔަރުކުރީ މި މަހުގެ 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ. އެ އޮޕަރޭޝަންގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ދަޅަކާއި 5 ރަބަރު ޕެކެޓްގެ އިތުރުން ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 މިލިލީޓަރުގެ ފުޅިއެއް ފެނިފައިވެ އެވެ.

ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު ރިޝްފާނާއި ޝިޔާން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާއިރު، ސިމާނާ 5 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.