Last Updated: April 20, 06:46
Sunday, April 20, 2025
ޚަބަރު

އައްޑޫގެ އާ ޖަނަރޭޓަރު ބޭނުން ކުރަން ފަށައިފި

އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ގެންދިޔަ 1.8 މެގަވޮޓްގެ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި އެވެ.

ފެނަކަ އިން ބުނީ 1.8 މެގަވޮޓުގެ ޖެންސެޓް އިންސްޓޯލްކޮށް، މިހާރު ޚިދުމަތަށް ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.

އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ކުރާ މަސައްކަތުގެ ތެރެއިން ހަލާކުވި އެއް ޖަނަރޭޓަރު މަރާމާތުކޮށް މިހާރު ހިންގާފައިވާ ކަމަށާއި، ދެވަނަ ޖަނަރޭޓަރު މަރާމާތުކޮށް މި ހަފްތާގެ ނިޔަލަށް ހިންގޭނެ ކަމަށް ފެނަކައިން ބުނެ އެވެ. އަދި ރާއްޖެއިން ބޭރުން ސްޕެއާ ގެނެސްގެން ތިންވަނަ ޖަނަރޭޓަރު މަރާމާތުކޮށް، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭ ހިންގަން ފެށޭނެ ކަމަށްވެސް ފެނަކަ އިން ބުނެ އެވެ.

ރޯދަ މަހަކީ ކޮންމެ އަހަރަކު ވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ މަހެއް ކަމަށާއި އަދި އައްޑޫގައި ތަރައްގީގެ އެކިއެކި މަޝްރޫއުތައް ކުރިއަށްދާއިރު ދުވަހުން ދުވަހަށް ކަރަންޓުގެ ޑިމާންޑް މަތިވަމުންދާތީ، އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފެނަކައިން ބުނެ އެވެ.

މީގެއިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އައްޑޫގެ ކަރަންޓަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ފަށައި، ދެ އަހަރުތެރޭ އަމަލީ މަސައްކަތްތައް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.