Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

މަސްދަޅު ބަހާ ގޮތާ މެދު ފައްޔާޒްގެ ނުސީދާ ރައްދެއް!

ރޯދަ ހަދިޔާއެއްގެ ގޮތުގައި ސަރުކާރުން މަސްދަޅު ކޭސް ބަހާ ގޮތާ މެދު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ނުސީދާކޮށް ފާޑު ވިދާޅުވެއްޖެ އެވެ.

މާލެ ސަރަހައްދުގެ ރައްޔިތުން ކަރަންޓް ބިލްގެ ތަފުސީލު ހުށަހަޅައިގެން ދިގުތަކެއް ހަދައިގެން މަސްދަޅު ހޯދަން ތިބޭ ގޮތަށް އިންތިޒާމު ހަމައްސާފައި އޮތުމުން އެކަމާ ގުޅުވައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ ކަރަންޓް ބިލަށް މަސްދަޅުގެ އަގު އެއްކުރުމުގެ ބަދަލުގަ އެހެން ގޮތެއް ރައީސް ޑރ. މުހައްމަދު ހޯއްދަވާނެ ކަމަަށް އުންމީދު ކުރައްވާ ކަމަށެވެ.

"މި ވަގުތު ކިއުގައި ޖެހިގެން ނަމަވެސް ރޯދަޔަށް މަސްދަޅު ކޭހެއް ހިލޭ ލިބޭނެ ގޮތްވުން އެއީ ބިކަވެ ގޮތް ހުސްވެފައި ތިބި ދިވެހި ރައްޔިތުންނަށް ލިބުނު ނިއުމަތެއް،" ފައްޔާޒް ވިދާޅުވި އެވެ. "މިހާ ހާލުގައި ޖެހިފައިވާ ވަގުތެއްގައި މިފަދަ އެހީތެރި ކަމެއް ވެސް ވެދެއްވުމުގެ ވިސްނުން ސަރުކާރަށް ވިސްނުނީތީ އަދި އެވަރުކޮށްލުމުގެ ގާބިލުކަން ހުރިކަމީ ހިތްތަކަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބޭނެ ކަމެއް."

ރޯދަ ހަދިޔާއެއްގެ ގޮތުގައި ސަރުކާރުން މި ފަހަރު ދޭން ނިންނީ ކޮންމެ ގޭބިސިއަކަށް 180 ގްރާމް ތެޔޮ މަސްދަޅު ކޭހެވެ. އެއީ 48 ދަޅު ހިމެނޭ ކޭހެވެ.