ރާއްޖެ އާއި ޗައިނާއާ ދެމެދު ފްރީ ޓްރޭޑް އެގްރިމަންޓް އެފްޓީއޭ) ގެ ރާއްޖޭގެ މަޝްހޫރު މަސް ކުންފުނި، ދަށުން އެންސިސް ފިޝަރީޒްގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓު ކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޗައިނާގެ ވެރިރަށް ބެއިޖިންގަގައި ބޭއްވި ރަސްމިއްޔާތެއްގއި އެންސިސް އިން ސޮއިކުރީ އެ ގައުމުގެ ޒިންޖުއާން ސޯވް ބެއިޖިން ކޮމާޝަލް މެނޭޖްމަންޓް ކޯޕަރޭޝަނާ ދެމެދު އެވެ. އެންސިސް ފިޝަރީޒްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ހުސައިން އަފީފެވެ. ޒިންޖުއާން ސޯވް ބެއިޖިން ކޮމާޝަލް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން ލިން ޔުޗެންޖް އެވެ.
އެ ރަސްމިއްޔާތުގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބާއި، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް، ޑރ. އަމްޒަތު އަހްމަދު ވެސް ބައިވެރިވެ ވަޑައިގަތެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއިކުރި އެފްޓީއޭ އަށް އަމަލު ކުރަން ފެށީ މިދިޔަ މަހުން ފެށިގެންނެވެ. މީގެ ސަބަބުް ދެ ގައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް ވަރަށް ބޮޑަށް އިތުރުވެ، ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑަށް ކުރިއެރުމެއް ލިބޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.
އެންސިސް ފިޝަރީޒްގެ އުފެއްދުންތައް އެފްޓީއޭގެ ދަށުން ޗައިނާ އަށް އެކްސްޕޯފްކުރަން އެއްބަސްވުމެއް ހެދި އިރު، ރާއްޖެ އިން ބޭރަށް އެކްސްޕޯޓްކުރާ މައިިގަނޑު ބާވަތަކީ ވެސް މަހުގެ އުފެއްދުންތަކެކެވެ ރާއްޖޭގެ ވެލިއު-އެޑެޑް މަހުގެ އުފެއްދުންތައް އިތުރުކޮށް އެކްސްޕޯޓް ފުޅާކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ.
ދާދި ފަހުން ފިޝަރީޒް މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އިތުރުން ގައުމީ އެއާލައިން، މޯލްޑިވިއަންއާ އެކު އެ ކުންފުނީގެ ވައިޑް ބޮޑީ ބޯޓްގައި ޗައިނާ އަށް މަހުގެ އުފެއްދުންތައް ގެންދަން މަޝްވަރާތަކެއް ވެސް ކޮށްފައިވެ އެވެ.
އެންސިސް ފިޝަރީޒްގެ ރާއްޖޭގެ މަހުގެ ވިޔަފާރީގައި ހަރަކާތްތެރިވާ އެންމެ މަޝްހޫރު އެއް ޕްރައިވެޓް ކުންފުންޏެވެ.