Last Updated: April 20, 06:46
Sunday, April 20, 2025
ޚަބަރު

އިންޑިއާގެ ފިލްމު ފެސްޓިވަލެއް ރާއްޖޭގައި ފަށައިފި

ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ "އިންޑިއަށް ފިލްމު ފެސްޓިވަލް" އިފުތިތާހުކޮށްފި އެވެ.

އިއްޔެ ހަވީރު ޝްވެކް ސިނަމާގައި ފެށި އެ ފިލްމު ފެސްޓިވަލް އިފުތިތާހުކޮށް ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

އެ ފެސްޓިވަލް ކުރިއަށް ގެންދާނީ މިއަދާއި އަންނަ ހަފުތާގެ ބުރުާސްފަތި އަދި ހުކުރު ދުވަހު ހުޅުމާލޭގެ ޝްވެކް ސިނަމާ އާއި މާލޭގެ އޮލިމްޕަހުގަ އެވެ. ފިލްމު ފެސްޓިވަލަށް ހިލޭ ވަދެވޭ ގޮތަށްހަމަޖެހިފައިވާ އިރ އިންޑިއާގެ އެކި ބަހުރުތަކިގެ ފިލްމުތައް ފެސްޓިވަލްގެ ތެރޭގައި ދައްކަން ހަމަޖެހިފައިވެ އެވެ. އޭގެ ހިންދީ، ތަމަޅަ، ޕަންޖާބީ، މަޅަޔާޅަމް އަދި ކަންނާޑާފިލްމުތައް ހިމެނެ އެވެ.

ފެސްޓިވަލްގައި ދައްކާ ފިލްމުތަކުގެ ތެރޭގައި ބޮލީވުޑްގެ ފިލްމުތައް ކަމަށްވާ "އިންގްލިޝް ވިންގްލިޝް" އާއި "83" އާއި "ޒިންދަގީ ނާ މިލޭގީ ދުބާރާ" ޕަންޖާބީ ފިލްުމު "ގޮއްޑޭ ގޮއްޑޭ ޗާ" އާއި ތަމަޅަ ފިލްމު "ވިކްރަމް" އާއި "އަންމާ ކަނައްކޫ" ގެ އިތުރުން މަލަޔާޅަމް ފިލްމު "ތުންޑިމުތަލުން ރިކްސަޝިޔުމް" އަދި ކަންނާޑާ ފިލްމު "އަކްޝީ" ހިމެނެ އެވެ.