Last Updated: April 1, 23:32
Tuesday, April 1, 2025
ޚަބަރު

ޝިއުރީގެ ނަމުގައި ސްކޭމެއް ހިންގަނީ!

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީގެ ނަމުގައި ދޮގު މައުލޫމާތުތަކެއް ފަތުރައި ސްކޭމް ލިންކުތަކެއް ދައުރުކުރަމުންދާތީ، އެ ކަމަށް ސަމާލުވާން އޭނަ އެދި ވަޑައިގެންފި އެވެ.

ޝިއުރީއާ ބެހޭ ގޮތުން ފަތުރާފައިވާ ވާހަކަތަކުގެ ތެރޭގައި ލައިވް ޓީވީގައި އޭނަ ދެއްކެވި ވާހަކައަކާ ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޝިއުރީގެ މައްޗަށް ދައުވާ ކުރަން ނިންމި ކަމަށް ވެސް މީޑިއާއަކުން ގެނެސްދީފައޮވާ ކަމަށް ބުނެ އެފަދަ ލިންކްތައް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ.

މިކަމާ ގުޅިގެން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޝިއުރީ ވިދާޚުވީ ދައުރުކުރުވަމުންދާ ދޮގު ޕޯސްޓުގައި ހިމެނެނީ އޮޅުވާލައިގެން ހަދާފައިވާ ފޮޓޯއެއް ކަމަށެވެ. އަދި އޭނާއަށް ނޭނގި، ޓްރޭޑިން ނުވަތަ ފައިސާ ހޯދުމުގެ ވަސީލަތަކާ ބެހޭ ގޮތުން އިންޓަވިއުއެއް ދިން ކަމަށް ދޭހަވާ ގޮތަށް ލިޔެފައި ވަނީ ދޮގު ސުރުޚީތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.

ޝިއުތީ ވިދާޅުވީ މިކަން ފުރަތަމަފާހަގަވިއިރު، މިކަމުގެ ނުރައްކާ ވަޒަން ނުކުރެވުނަސް، ބައެއް ފަރާތްތަކަށމި ޕޯސްޓުގެ ސަބަބުން އޮޅުން އަރާފައިވާކަން އެނގިވަޑައިގެންފައިވާތީ، އެކަމަށް ސަަމާލުކަން ދެއްވަން އެދިވަޑައިގަންނަވާ ކަމަށެވެ.

"މިއީ މަކަރުވެރި ޓްރޭޑިން ޕްލެޓްފޯމެއް ޕްރޮމޯޓް ކުރުމަށްޓަކައި އަޅުގަނޑުގެ ފޮޓޯ ކްލިކް ބެއިޓެއްގެ ގޮތުގައި ބޭނުންކޮށްގެން ހަދާފައިވާ އޮޅުވައިލަނިވި މަސައްކަތެއްކަން ފާހަގަކުރަން. މިފަދަ ޕޯސްޓުތަކާ މެދު ސަމާލުވުމަށާއި، އެއްވެސް މައުލޫމާތެއް ގަބޫލު ކުރުމުގެ ކުރިން، ނުވަތަ ހިއްސާ ކުރުމުގެ ކުރިން، އިތުބާރުހުރި މަސްދަރުތަކުން އެ މައުލޫމާތެއްގެ ސައްހަކަން ކަށަވަރުކުރުމަށް އަޅުގަނޑު އާންމުންނަށް ގޮވާލަން." ޝިއުރީ ވިދާޅުވި އެވެ.

އަދި އެފަދަ މަކަރުވެރި ޕޯސްޓެއް ފެނިއްޖެ ނަމަ، އެ މައުލޫމާތެއް ފެތުރުން ހުއްޓުވުމަށްޓަކައި، ކަމާބެހޭ ފަރާތްތަކަށް ރިޕޯޓު ކުރުމަށް ވެސް އެދިވަޑައިގެންފަ އެވެ.

ފަހަކަށް އައިސް ރާއްޖޭގެ މިފަދަ ތަފާތު ގޮތްގޮަށް ސްކޭމްތައް ހިންގުން ވަރަށް ބޮޑަށް އިތުރުފައިވެ އެވެ. އެގޮތުން މިހާތަނަށް އެކި މުއައްސަސާތަކުގައި ނަމުގައި ސްކޭމްތައް ހިންގާފައިވެ އެވެ.