ލ. އަތޮޅުގައި ޓޫރިޒަމް ދާއިރާ ތަރައްގީ ކުރަން މަސައްކަތް ކުރާނެ ކަމަށާއި އެ އަތޮޅަކީ ގިނަ ފުރުސަތުތަކެއް އޮތް އަތޮޅެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އިސްދޫ ދާއިރާގެ މެންބަރު އިސްމާޢީލް ޝަފީޢުއާ އެކު މިދިޔަ ހަފުތާގައި ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ލ. އަތޮޅަކީ ޓޫރިޒަމް ތަރައްޤީކުރުމަށް ގިނަ ފުރުސަތުތަކެއް ހުރި އަތޮޅެއްކަމަށާއި، އެ އަތޮޅުގައި އެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.
ބަައްދަލުވުމުގައިމެންބަރު ޝަފީޢު ވަނީ ލ. އަތޮޅުގެ ރައްޔިތުންގެ އެންމެ ބޮޑު އެއް އުންމީދަކީ ޓޫރިޒަމް ދާއިރާއިން އިތުރު ވަޒީފާގެ ފުރުސަތުތައް އެ އަތޮޅުގައި އުފެދިގެން ދިއުން ކަމަށެވެ.
ބައްދަލުވުމުގައި ވަނީ ލ. އަތޮޅުގެ ޓޫރިޒަމް ދާއިރާ ތަރައްޤީ ކުރުމަށް ހުރި ފުރުސަތުތަކާއި ގޮންޖެހުންތަކާ ބެހޭ ގޮތުން ގިނަ މަޝްވަރާތަކެއްކޮށްފަ އެވެ.
ލ. އަތޮޅަކީ މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްގެ އަތޮޅެވެ. އޭނަގެ މިނިސްޓަރުކަމުގައި ވެސް އެ އަތޮޅުގައި ޓޫރިޒަމް ތަރައްގީ ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި ވެސް އެކި ފަހަރު މަތިން ލ. އަތޮޅަށް ވަޑައިގެން ދާއިރާފެ ސްޓޭކް ހޯލްޑަރުންނާ އެކީ ބައްދަވުންތައް ބާއްވައި މަޝްވަރާތަކެއް ކުރައްވާފައިވެ އެވެ.