އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ 9 ވަނަ ދުވަހުގެ ރޭ ބާއްވަބް ނިންމައިފި އެވެ.
އެ ޖަލްސާ އޮންނާނީ 9 ވަނަ ދުވަހުގެ ރޭ 9:30 ގައި ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ މައި އޮފީހުގަ އެވެ.
އުރީދޫން ބުނީ އެ އޮފީހުގެ ހެޑް އޮފީހަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ ގިނަ ވެގެން 50 ހިއްސާދާރުންނަށް ކަމަށެވެ. ޖަލްސާގައި ބައިވެރިވުމަށް "ފަހިވޯޓު" ޕޯޓަލް މެދުވެރިކޮށް ރަޖިސްޓާ ކުރާ ހިއްސާދާރުންނަށް އޮންލައިންކޮށް ވެސް ޖަލްސާގައި ބައިވެރިވެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.
ހެޑް އޮފީހަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވާ ހިއްސާދާރުންނާއި، އޮންލައިންކޮށް ބައިވެރިވާ ހިއްސާދާރުންނަށް އެ މައުލޫމާތު މާޗް 7 ވާ ހުކުރު ދުވަހުގެ ހަވީރު 6:00 ގެ ކުރިން އަންގާނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުންޏެވެ.