Last Updated: April 2, 22:48
Wednesday, April 2, 2025
ޚަބަރު

ގްރީން ފަންޑްގައި 1.6 ބިލިއަން ރުފިޔާ

މިދިޔަ އަހަރު ނިމުނުއިރު ގްރީން ފަންޑްގައި 1.6 ބިލިއަން ރުފިޔާ ހުރި ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

އެ މިނިސްޓްރީން އާންމުކުރި ގްރީން ފަންޑު ރިޕޯޓްގައިވާ ގޮތުން މިދިޔަ ފެށުނުއިރު ގްރީން ފަންޑުގައި 1.1 ބިލިއަން ރުފިޔާ ހުއްޓެވެ. އެ ފަންޑަށް މިދިޔަ އަހަރު އެއް ބިލިއަން ރުފިޔާ ޖަމާކުރި އިރު އެ މުއްދަތުގައި އެ ފަންޑުން 645 މިލިއަން ރުފިޔާ ހަރަދުކުރި އެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ.

މިއީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ޓޫރިސްޓިން އަތުން ނެގާ ޓެކުހެކެވެ.