Last Updated: April 2, 22:48
Wednesday, April 2, 2025
ޚަބަރު

ދިއްދޫގައި ވެމްކޯގެ ހިދުމަތް ފަށައިފި

ހއ. ދިއްދޫގައި ވެމްކޯގެ ޚިދުމަތް ފަށައިފި އެވެ.

އެ ރަށުގައި މިއަދު ވެމްކޯ އިން ކުނި ނެގުމުގެ ހިދުމަތް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމެވެ.

އެކަމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ވެމްކޯ ހިދުމަތް ފެށުމާއެކު ރަށުގެ ތިމާވެށި ހިމާޔަތް ކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށާއި މީގެ ސަބަބުން ރައްޔިތުންގެ ސިއްހަތާއި ލޯކަލް ވިޔަފާރިތަކަށް ވެސް ފައިދާ ކުރާނެ ކަމަށެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖްތަބާ ޖަލީލް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް ވެމްކޯގެ ޚިހިދުމަތް ފޯރުކޮށް ދިނުމަށް ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކޮންމެ ރަށެއްގެ ކައުންސިލު ންވެސް ވެމްކޯގެ ހިދުމަތަށް އެދިއްޖެ ނަމަ، އެ ޚިދުމަތް ފޯރުކޮށް ދިނުމަށް ތައްޔާރަށް ތިބޭނެ ކަމަށް އޭނަ ވިދާޅުވި އެވެ.