Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

ކާނާ ވިހަވި ބިދޭސީން ފަރުވާ އަށް ފަހު ދޫކޮށްލައިފި

އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ތިބި ބިދޭސީންތަކެއް ރޭ ކާނާ ވިހަވި މައްސަލައިގައި ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފި އެވެ.

ކާނާ ވިހަވެގެން ހޮސްޕިޓަލަށް ގެންދިޔައީ ހުޅުމާލޭގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ބަންދުގައި ތިބި ބިދޭސީންތަކެކެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ބުނީ ކާނާ ވިހަވެގެން 19 ބިދޭސީއަކު ގެންދިޔަ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 16 ފިރިހެނަކާއި ތިން އަންހެމުންނެވެ. މީގެ ތެރެއިން 17 މީހަކަށް ފަރުވާ ދިނުމަށްފަހު ރޭގައި ދޫކޮށްލައިފައިވާ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ބުންޏެވެ. އަދި ބާކީ ތިބި ދެ މީހުން މިއަދު ހެނދުނު ދޫކޮށްލާފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ބދޭސީންތަކެއް ކާނާ ވިހަވި މައްސަލައާ ގުޅިގެން އިމިގްރޭޝަނުން ބުނީ ހުރިހާ އެންމެ އަނބުރާ ޑިޓެންޝަން ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ހުރިހާ އެންމެންގެ ހާލު ވެސް މިހާރު ރަނގަޅު ކަމަށެވެ. އަދި މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.