Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް

މާލޭގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ކާރާއި ސައިކަލްތަކެއް ޖެހިގެން މި އެކްސިޑެންޓް ހިނގާފައި ވަނީ އަމީނީ މަގު ގާކޮށި ފްލެޓް ސަރަހައްދުގަ އެވެ. މި އެކްސިޑެންޓްގައި ކާރުގެ ކުރީކޮޅާއި އަރިމައްޗަށް ބޮޑެތި ގެއްލުންތަކެއްވެފައިވާ އިރު، ކާރުން ޖެހި ސައިކަލްތަކަކަށް ގެއްލުންވެފައިވެ އެވެ.

މި ހާދިސާގެ މަންޒަރު ފެންނަ ވީޑިއޯއެެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ އިރު، އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރު ވެސް ފެނެ އެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ބުނީ މިއަދު ހެނދުނު 07:50 ހާއިރު އެ ހާދިސާ ހިނގީ ގާކޮށި ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް ސައިކަލްތަކެއްގައި އާއި އިތުރު ކާރެއްގައި ޖެހިގެން ކަމަށެވެ. އެގޮތުން އެކްސިޑެންޓުގައި އެ ސަރަހައްދުގައި ޕާކްކޮށްފައި ހުރި ހަ ސައިކަލެއްގައި ކާރުން ޖެހި ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.