Last Updated: April 20, 06:46
Sunday, April 20, 2025
ޚަބަރު

ރާއްޖެ އާއި ޖަޕާނަކީ އިތުބާރު އޮތް ދެ އެކުވެރިން

ރާއްޖޭގައި މިހާރު ހުންނަވާ ޖަޕާންގެ ސަފީރާ އެކު ރައީސް މުއިއްޒު. ފޮޓޯ/ ރައީސް އޮފީސް

ރާއްޖެ އާއި ޖަޕާނާ ދެމެދުގައި އޮތް ޒަމާންވީ ރަޙްމަތްތެރިކަމުގެ ގާތް ގުޅުމަކީ އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަ ކުރަމުން އަންނަ ޖަޕާނުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، ޖަޕާނުގެ ރަސްގެފާނު ނަރުހިތޯ އާއި ބޮޑުވަޒީރު ޝިގެރޫ އިޝިބާއަށާއި، ޖަޕާނުގެ ސަރުކާރަށާއި، އެގައުމުގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައި ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީގައި ޖަޕާނަކީ ވަރަށް މުހިއްމު ބައިވެރިއެއް ކަމަށެވެ.

އެހެންވެ އެ ގައުމުން ދެމިން އަންނަ އެހީތެރިކަން ފާހަގަކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.



‎ޖަޕާނުގައި ޤައުމީ ދުވަސް ފާހަގަ ކުރަނީ، އެ އިރެއްގައި ޖަޕާނުގެ އެމްޕެރާގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ އުފަންދުވަހާ ގުޅުވައިގެންނެވެ. އެގޮތުން މިހާރު ޖަޕާނުގެ ގައުމީ ދުވަސް ފާހަގަކުރަނީ ފެބުރުވަރީ 23 ގަ އެވެ.