މާލެ ސަރަހައްދުގައި ސިލްސިލާކޮށް މާރާމާރީ ހިންގާ ބަޔަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފި އެވެ.
ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ދިވެހި ތިން ޒުވާނުންނެވެ. މީހެކެވެ. އެއީ 18 އަހަރުގެ ފިރިހެނަކާއި 27 އަަހަރުގެ ފިިރިހެނެއްގެ އިތުރުން 26 އަހަރުގެ ފިިރިހެނެކެވެ.
އެ ތިން މީހުންގެ މައްޗަށް ވެސް ފުލުހުން ކުރަނީ ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން ރޭވުމާއި އަދި މާރާމާރީ ހިންގަން އުޅުމުގެ ކުށެވެ.
ބަންދު އަމުރުގައިވާ ގޮތުން އެ އެންމެންނަކީ ވެސް ސިލްސިލާކޮށް މާރާމާރީ ހިންގައި، މާރާމާރީ ހިންގާ ގްރޫޕްތަކަށް ނިސްބަތްވާކަމުގެ ހެކި ވެސް ހުށަހަޅާފައި މީހުންނެވެ.
ހައްޔަރުކުރި ދެ މީހަކު ހަތް ދުވަހަށް އަދި އަނެއް މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.
ދާދި މާލޭގައި މަރުތޭލަކުން މީހަކަށް ހަމަލާ ދީފައިވާ އިރު، ހުޅުމާލޭގައި ކޯރާނޑީއަކުން ވެސް މީހަކަށް ހަމަލާ ދީފައިވެ އެވެ. ގޭންގްތަކަށް ނިސްބަތްވާ މީހުން ހިންގާ އެފަދަ އަމަލުތައް ހުއްޓުވަން ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.