Last Updated: April 20, 17:58
Sunday, April 20, 2025
ޚަބަރު

އައްޑޫގައި އެކްސިޑެންޓްވި ޒުވާނަކު ވެންޓިލޭޓަރުގައި

އައްޑޫގައި އިއްޔެ އެކްސިޑެންޓްވި ޒުވާނަކު އިތުރު ފަރުވާ އަށް މާލެ ގެންގޮސް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފި އެވެ.

ހުޅުދޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވީ މަރަދޫފޭދު އަށް ނިސްބަތްވާ މުހައްމަދު އިލްމް (ޓޯކިއޯ) 18، އެވެ.

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު އޭނަ މާލެ ގެންގޮސް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގަ އެެވެ.

އެނގިފައިވާ ގޮތުގައި އިލްމް އެކްސިޑެންޓްވީ ރޭސިން މުބާރަތަކަށް ތައްޔާރުވާން ޕްރެޓިކްސް ކުރަން އުޅުމުގެ ތެރޭގައި އިއްޔެ އެވެ. އެކްސިޑެންޓްވީ ދުއްވި ސައިކަލް ކޮންޓްރޯލް ނުވެ ގެއެއްގެ ތަނބެއްގައި ޖެހިގެންނެވެ. އިލްމު އަކީ އައްޑޫގެ ރޭސިން ކޮމިއުނިޓީގެ ތެރޭގައި އުޅޭ ޒުވާނެކެވެ.

އައްޑު އަކީ އެކްސިޑެންޓްތައް ހިނގުން ވަރަށް އާންމު ތަނެކެވެ. އެގޮތުން އެކްސިޑެންޓްތަކުގައި މިހާތަނަށް އެތައް ބައެއްގެ ފުރާނަ ވެސް ގެއްލިފައިވެ އެވެ.