Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

ވެލިދޫން ޑްރަގާ އެކު 2 މީހަކު ހައްޔަރަށް

ނ. ވެލިދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މި މަހުގެ 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ އެ ރަށު ހުދުއަސުރުމާގެ، ޢަބްދުއްލަޠީފް މޫސާ، 47، އާއި އެ ރަށު ނެދުންގޭ މުޙައްމަދު މާޢިދު، 28، އެވެ.

މި ދެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 440.7 ގްރާމް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރި ކުރުމުން ޢަބްދުއްލަޠީފް 32 ދުވަހަށް އަދި މާޢިދު ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.

މި މައްސަލަ ވެލިދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.