ރ. ފައިނުގައި އެއާޕޯޓު ތަރައްގީ ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
އެ މަޝްރޫއު ހިންގަން މޯލްޑީވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސިއެމް) އެމްޓީސީސީއާ ހަވާލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި މްއޭސީއެލް ގެ ފަރާތުން ސޮއި ކުރީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފެވެ. މުހައްމަދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
ޝަރީފް ވިދާޅުވީ އެމްޓީސީސީއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން ކަނޑައެޅޭ މުއްދަތުތަކުގައި އެއާޕޯޓްގެ މަސައްކަތްފުރިހަމައަށް ނިންމައިލެވޭނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
އެއްބަސްވުމުގެ ދަށުން އެމްޓީސީސީން ފައިނު އެއާޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ ފީސިބިލިޓީ ދިރާސާތަކާއި، ތިމާވެއްޓަށް ކުރާނެ އަސަރު ވަޒަންކުރާ ރިޕޯޓް (އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް) އަދި ޑިޒައިން މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.