Last Updated: April 19, 18:47
Saturday, April 19, 2025
ޚަބަރު

ޓޫރިސްޓުންގެ އަދަދު 389،000 އިން މައްޗަށް

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 389،000 އިން މައްޗަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ޓޫރިސްޓް އެރައިވަލްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް 389،223 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު 7.3 ޕަސެންޓްގެ އިތުރުވުމެކެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 362،905 ޓޫރިސްޓުންވެ.

މިހާރު ރާއްޖެ އަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 7،344 ޓޫރިސްޓުން އަންނަ އިރު، މި އަހަރުގެ އަމާޒަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.

މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ފަސް ގައުމަކީ ޗައިނާ (56،150 ޓޫރިސްޓުން)، ރަޝިއާ (38،505 ޓޫރިސްޓުން)، އިނގިރޭސިވިލާތް (37،827ޓޫރިސްޓުން)، އިޓަލީ (34،918 ޓޫރިސްޓުން) އަދި ޖަރުމަން (23،294 ޓޫރިސްޓުން) އެވެ.