Last Updated: April 20, 06:46
Sunday, April 20, 2025
ޚަބަރު

ރައީސްގެ މެމްބަރުގެ ގޮތުގައި ޖޭއެސްސީއަށް ޔަޒްމީދު

ޖުޑީޝަލް ސަވިސް ކޮމިޝަން (ޖޭއެސްސީ)ގައި ރައީސް މުހައްމަދު މުއިއްޒުގެ ފަރާތުން އިންނަވާ މެމްބަރެއްގެ ގޮތުގައި ޔަޒްމީދު މުހައްމަދު މިއަދު އައްޔަނުކުރައްވައިފި އެވެ.

ރައީސް އައްޔަން ކުރައްވާ މެމްބަރެއްގެ ގޮތުން ޔަޒްމީދު ޖޭއެސްސީއަށް އައްޔަނުކުރައްވާފައި ވަނީ މިކަމަށް ޓަކައި މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި މެމްބަރުކަމުގެ ލިޔުން ރައީސް މުއިއްޒު ވަނީ، ޔަޒްމީދަށް ހަވާލުކޮށްދެއްވައިފަ އެވެ.

މި ރަސްމިއްޔާތުގެ ކުރިން ޖޭއެސްސީ އަށް ރައީސްގެ ފަރާތުން އައްޔަން ކުރައްވާފައި ހުންނެވި ގާނޫނީ ވަކީލު މުއްމަދު ސަމީރު ވަނީ މަގާމުން ވަކިކުރައްވާފަ އެވެ.