Last Updated: May 3, 23:49
Sunday, May 4, 2025
ޚަބަރު

ރޯދަ މަހު ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދެނީ

މި ރޯދަ މަހު ވެސް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދ. ކުޑަހުވަދޫ ރައްޔިތުންނާ އެކު މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ ރޯދަ މަހާއި އެއްގޮތަށް މިފަހަރު ވެސް ރޯދަ މަހު ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދޭނެ ކަމަށެވެ.

މިފަދަ ކަންކަން އޮޅުވާލަން ބައެއް ފަރާތްތަކުން މަސައްކަތް ކުރާ ކަމަށާއި ދޮގު ހެދުމުން އެއީ ދޮގެއްކަން ދެނެގަތުމަކީ އެފަދަ ވާހަކަތައް އަޑުއަހާ މީހެއްގެ ޒިންމާއެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މީހަކު ދައްކާހާ ވާހަކައެއް ބަލާލުމެއް ނެތި ގަބޫލުކުރުމަކީ ދީނީ ގޮތުން ބަލާއިރު ވެސް ހުއްދަ ކަމެއް ނޫން ކަމަށާއި އިވޭ ވާހަކަތަކުގެ ތެދު ދޮގު ބަލާ ބަޔަކަށް ވާންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރޯދަ މަހު ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދިނުމަށް ނިންމާފައިވާއިރު، މިފަހަރުގެ ރޯދަ މަހާއި ދިމާކޮށް ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަށް ވެސް ނިންމާފަ އެވެ. އެގޮތުން ވަރަށް ގިނަ ރަށްތަކުގައި މަސްދަޅު ކޭސް ގޭބިސީތަކަށް މިހާރު ވަނީ ބަހާ ނިންމާފަ އެވެ.

ހިޔާލު ފާޅުކުރައްވާ