Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

ޕޮލްކޯގެ ސީއީއޯ ސަސްޕެންޑްކޮށްފި

ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ގެ ސީއީއޯ އަހުމަދު އަނީސް ސަސްޕެންޑްކޮށްފި އެވެ.

އޭނަ ސަސްޕެންޑްކޮށްފައި މި ވަނީ ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭފައި ފްލެޓްތައް އެޅިއިރު، އެކަމުގައި ކޮރަޕްޝަން ހިމެނޭ މައްސަލަތަކެއް ފެންމަތިވެ އެ މައްސަލަ ބަލަމުން ދަނިކޮށެވެ.

އަނީސް ސަސްޕެންޑްކޮށްފައި ވަނީ އޭނަގެ މައްސަލަތަކެެއް ޕޮލްކޯގެ ބޯޑަށް ހުށަހަޅައި އެ މައްސަލަތައް ބަލަމުން އަންނާތީއެވެ. އޭނައާ ދެކޮޅަށް ހުށައެޅި ބަލަމުން އަންނަ މައްސަލާގައި ޖަވާބުދާރީވުމަށް އިއްޔެ ހާޒިރުވުމަށް އެންގި ނަމަވެސް ހާޒިރުވެފައެއް ވެސް ނުވެ އެވެ.

އަނީސް ޕޮލްކޯގެ ސީއީއޯ ކަމަށް އައްޔަންކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އޭނަ ފުލުހުންގެ އިދާރާގައި ހިދުމަތް ކުރާތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.