ދ. އަތޮޅު ހޮސްޕިޓަލުގެ އާ ޢިމާރާތުގެ ބިންގާ އަޅައިފި އެވެ.
އިއްޔެ ކުޑަހުވަދޫގައި ބޭއްވި ރަސްމިއްޔާތުގައި އެތަނުގެ ބިންގާ އަޅުއްވައި ދެއްވީ ލޯކަލް މިނިސްޓަރު އާދަމް ޝަރީފެވެ.
އެ ހޮސްޕިޓަލްގެ ބިންގާ އެޅީ ރައީސް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ދ. އަތޮޅަށް ފެއްޓެވި ދަތުރުގެ ފުރަތަމަ ރަށަކަށް އިއްޔެ ހަވީރު ކުޑަހުވަދު އަށް ވަޑައިގެންނެވެ.
ދ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ އެޅިއިރު، އެ މަޝްރޫއު އިއްޔެ އޮތީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލު ވެސްޕޮށްފަ އެވެ. އެވެ. ފަންސާސް އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް އާރްޑީސީއާ ޙަަވާލުކޮށްފައި ވަނީ 18 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، 181 މިލިއަން ރުފިޔާއަށެވެ.
އަލަށް ޢިމާރާތްކުރާ ހޮސްޕިޓަލުގައި މެމޮގްރަފީ ޚިދުމަތް ލިބޭނެ ފެސިލިޓީ އާއި، ޑެންޓަލް އޯޕީޖީ އަދި ކަށީގެ ފަރުވާތަކަށް ޚާއްޞަ އޯތޯ-ތިއޭޓާ ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހޮސްޕިޓަލުގެ މުވައްޒަފުންނަށް ތަމްރީނުދިނުމަށް ބޭނުން ވާނެ ފެސިލިޓީއާއި، އަތޮޅުތެރޭގެ މަސައްކަތްކުރާ މުވައްޒަފުންނަށް ތަމްރީން ދިނުމަށް ބޭނުންވާ ފެސިލިޓީއެއް ވެސް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
އަދި އާ ހޮސްޕިޓަލްގައި ޕްރައިވެޓް ރޫމް ފެސިލިޓީތަކެއް ވެސް ހުންނާނެ އެވެ.